ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ އަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އިންތިޚާބުތަކަށް އެޕާޓީން ކެމްޕޭން ކުރަނީ ވެސް ވަރަށް ތަފާތުކޮށެވެ. ނަމަވެސް މިދިޔަ ދެ އިންތިޚާބުން ވެސް އެ ޕާޓީ ބަލިވިއެވެ. މިއާއެކު އެޕާޓީގެ އަޑު އެއްކޮށް މަޑުވެގެން ދިޔަ ކަހަލައެވެ. ހަފްތާއެއް ވަންދެން އެ ޕާޓީގެ މާބޮޑު ހަރަކާތެއް ނުހިންގައެވެ. މާޔޫސްވެފައި ތިބި މެމްބަރުންނަށް ވެސް އެޕާޓީން އެއްވެސް ކަހަލަ "ހިތްވަރުގެ މެސެޖެއް" ވެސް ދިން މަންޒަރެއް ފެނިގެން ނުދިޔައެވެ. ސޯޝަލް މީޑިއާ އިން ދެން ފެންނަން ފެށި މަންޒަރަކީ "އެމްޑީޕީގެ ބައެއް މެމްބަރުން" ފުރުއްވަމުން ގެންދެވި އެކި މަޤާމުތަކުން އިސްތިއުފާ ދެއްވި މަންޒަރެވެ. އަދި ބައެއް މީހުން ޕާޓީން…